ޒަހީނުއްދީން ސަޢީދު   14 ފެބްރުއަރީ 2024 - 23:46
މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓް ކުރަން އެޗްޕީއޭ އިން ނިންމައިފި އެވެ.

އެޗްޕީއޭއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއަޅައި، އާއްމު ޞިއްހަތަށް ރައްކާތެރިގޮތުގައި ޚިދުމަތް ދިނުމަށް ބާރުވެރިކޮށް އަހުލުވެރިކުރުމުގެ މަޤްޞަދުގައި، މި އަހަރުވެސް ރަމަޟާން މަސް ފެށުމުގެ ކުރިން ޚާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ.

އެގޮތުން މި މަހު 18 އިން ފެށިގެން މާލޭ ސަރަޙައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް ބަލާ ފާސްކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

މި ޙަރަކާތް ކުރިއަށް ގެންދަނީ މާލޭ ސިޓީ ކައުންސިލާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ހުޅުމާލޭ ހޮސްޕިޓަލް އަދި ކަމާ ގުޅުން ހުރި މުއައްސަސާތައް ގުޅިގެން ކަމަށް އެޗްޕީއޭއިން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން