އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު (ކ)
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު (ކ)
މަޖިލީސް އިންތިޚާބުގައި ވާދަކުރުމަށްއެދި އިލެކްޝަންސް ކޮމިޝަން، އީސީއަށް 381 އެޕްލިކޭޝަން ފޯމު ލިބިފައިވާކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮޝަނުން ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހުއެވެ. އަދި މިއަދުގެ މެންދުރު 14:00 އަށް އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުުގެ ސުންގަޑި ވަނީ ހަމަވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެ ކޮމިޝަނުން ޢާންމުކޮށް ހުޅުވާލި މުއްދަތުގެ ތެރޭގައި ޖުމްލަ 381 ހުށަހެޅުން ލިބިފައިވެއެވެ. އަދި މިއަދު އެކަނިވެސް 86 އެޕްލިކޭޝަން ލިބިފައިވާކަމަށް އެކޮމިޝަނުން ހާމަކޮށްފައިވެއެވެ.



އީސީގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ އިއްޔެއާ ހަމަޔަށް ލިބުނު ހުށަހެޅުން ތަކަށް މިރޭގެ ނިޔަލަށް ޖަވާބު ދޭނެ ކަމަށާއި އަދި މިއަދުގެ ހުށަހެޅުންތަކަށް، މާދަމާ ރޭގެ ނިޔަލަށް ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލީ ފަރާތްތަކުގެ، ނަން ތަރުތީބު ކުރުމަށްޓަކައި، ކެންޑިޑޭޓުންގެ މެދުގައި، ގުރުޢަތު ނެގުން ހުކުރުދުވަހު އޮންނާނެކަމަށް އީސީގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވެފައިވެއެވެ.

20 ވަނަ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާނެއެވެ. މީގެ ތެރެއިން އެއްޕާޓީއަކުން އެންމެ ގިނަ ދާއިރާތަކަށް ވާދަކުރަނީ ސަރުކާރު ހިންގާ ޕީޕީއެމް/ ޕީއެންސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން