ރާއްޖެއިން ބޭރުގައި އުޅޭ ދިވެހީންނަށް އޮންލައިންކޮށް، ދިވެހި، އިސްލާމް، ދިވެހިބަހުން މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް "ރިވެލި" ޕްރޮގްރާމް މިރޭ ފަށައިފިއެވެ.

މި ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައެެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް އޮންލައިންކޮށް ދިވެހި، އިސްލާމް، ދިވެހިބަހުން މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް ސަރުކާރުން އަލުން މަސައްކަތް ފަށަން ނިންމީ ނިމިދިޔަ ސަރުކާރުގެ ތެރޭގައި އެ ކަމަށް މަޑުޖެހުމެއް އައިސް ހުއްޓިފައި އޮތުމުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން