ކ. ގުޅީފަޅު ހިއްކުން މަޑުޖައްސައިލަން ހައިކޯޓުން ކުރި އަމުރު، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފައިވާ ކަމަށް އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ރޭ ވިދާޅުވެއްޖެއެވެެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހުއްޓާލުމަށް ހައިކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ. އެކަމާ ގުޅިގެން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ، ގުޅިފަޅު މަޝްރޫއަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެއް ކަމަށެވެ. އަދި ގުޅިފަޅު ބިން ހިއްކުމުގެ 80 ޕަސެންޓު ވަރު މިހާރު ނިމިފައިވާއިރު، އެ މަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކަށް ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

އެހެންކަމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ނިންމީ ކަމަށް އުޝާމް ވިދާޅުވިއެވެ.

150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ގުޅީ ފަޅުގެ 100 ވަރަކަށް ހެކްޓަރު މިހާރުވެސް ވަނީ ހިއްކާ ނިމިފައެވެ. ނަމަވެސް، ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތުގައި އުޅޭ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާއި ގުޅިގެން، ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި ހުކުމުގައި ވަނީ މައްސަލަ ނިމެންދެން ވަގުތީ އަމުރެއް ނެރެނުދޭން ސިވިލް ކޯޓުން ނިންމި ނިންމުން ބާތިލުކޮށް، މައްސަލަ ނިމެންދެން މަޝްރޫއު ހުއްޓަން އަމުރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

އަދުރޭ

17-Feb-2024

ރުހުން ނުލިބިހުރި ބަންޑާރަނައިބެއް ހުށައަޅާ މައްސަލައެއްގެ ސައްޙަކަމާމެދު ސުވާލު އުފެދޭ



ޓްރެންޑިން