ށ. ފުނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 12 ފެބްރުއަރީ 2024 ވަނަ ދުވަހު ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

90 ދުވަސް ތެރޭ މަސައްކަތް ނިންމާގޮތަށް ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން، ސަބްބޭސް ހެދުމަށް ބޭނުންވާ 2,400 ކިއުބިކް މީޓަރުގެ ވެލި އެކްސްކަވޭޓް ކުރުމާއި، 15,039 އަކަ މީޓަރުގެ ސަރަޙައްދެއްގެ ސަބްބޭސް ތައްޔާރު ކުރުމާއި ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 3.49 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން