ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ހޮނިހިރު ދުވަހުގެ މެންދުރުފަހު ކަރަންޓުގެ ޚިދުމަތް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑޭނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރިޔަށްދާ ވަގުތު 6 ގަޑިއެއްހާއިރަށް ކަމަށެވެ.

އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދިގުތިޔަރަމަގު ގޯޅި-2 ހިމެނޭ ސަރަހައްދުގެ ސްޓެލްކޯ ހިޔާގެ ދެ ޓަވަރުން 17 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހު ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، ޚިދުމަތް މެދުކެނޑޭނީ ހެނދުނު 09:00 އިން މެންދުރު ފަހު 15:00 އާ ދެމެދުގެ ވަގުތުތަކުގައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.



ސްޓެލްކޯއިން ބުނީ ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް ކުރާނެކަމަށެވެ.

ހަމައެއާއެކު ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން