ޑެންގީއާއި އަރިދަފުސްރޯގާ ޖެހޭ މިންވަރު ކޮންމެވެސް ވަރަކަށް ދަށްވެއްޖެ އެވެ.

އެޗްޕީއޭއިން އާންމު ކުރި އެންމެ ފަހުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިިދިޔަ ޑިސެމްބަރު މަހު 194 ޑެންގީ ކޭސް ރިޕޯޓްކުރި އެވެ. ނަނަވެސް މިދިޔަ މަހު އެ އަދަދު ވަނީ 144 އަށް ވެއްޓިފަ އެެވެ.

ޑެންގީއަކީ ނުރައްކާތެރި ބައްޔަކަށްވާއިރު އެ ބަލި ފަތުރާ މަދިރިން ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެެވެ. އެގޮތުން ފެން ހަރުލާފައި ހުންނަ ތަންތަން ސާފުކުރަން އެޗްޕީއޭއިން ބާރުއަޅައެވެ.

އަދި އަރިދަފުސްރޯގާ ވެސް މިދިޔަ ޑިސެމްބަރު މަހާ އަޅާ ބަލާއިރު ޖެނުއަރީ މަހު ޖެހުނު މީހުންގެ އަދަދު ދަށެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު 31225 އަދި ޖެނުއަރީގައި 29693 މީހުންނަށް އަރިދަފުސް ރޯގާ ޖެހުނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮވިޑްގެ ފަހުން އަރިދަފުސް ރޯގާ ޖޭހެ މިންވަރު އާދަޔާ ހިލާފަށް ރާއްޖޭގައި ވަނީ އިތުރުވެފަ އެެވެ.

އެޗްޕީއޭގެ ހިސާބުތަކުން އެނގޭ ގޮތުގައި ބޭރަށްހިންގުން ޖެހުނު މީހުން ބޮޑު ތަނުން ވަނީ އިތުރުވެފަ އެވެ. އެގޮތުން ޑިސެމްބަރު މަހު 3486 އަދި ޖެނުއަރީ މަހު 5386 މީހުންނަށް ބޭރަށް ހިންގާ ރޯގާޖެހިފައިވާކަން ތަފާސް ހިސާބުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން