ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު، ސަރބިއާގެ ގައުމީ ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސަށާއި ބޮޑުވަޒީރަށް ފޮނުއްވައިފިއެވެ.

މިއަދަކީ ސާބިއާގެ 23 ވަނަ ގައުމީ ދުވަހެވެ.

ސަރބިއާގެ ރައީސް އެލެކްސަންޑަރ ވުޗިޗްއާއި އެ ގައުމުގެ ބޮޑުވަޒީރު އާނާ ބަރްނަބިޗްއަށް ރައީސުލްޖުމްހުރިއްޔާ ވަކިވަކިން ފޮނުއްވި މެސެޖުގައި އެމަނިކުފާނުގެ އިޚުލާސްތެރި ހެޔޮއެދުންތައް އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވައި، ކުރިއަށްއޮތް އަހަރުތަކުގެ އުފާވެރިކަމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.

ސާބިއާއާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުުކުރީ 1975 ވަނަ އަހަރު އެވެ،

ފަހަކަށް އައިސް ސާބިއާއާއި ރާއްޖެއާ ދެމެދު މުއާމަލާތްތައް ކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.

އެގޮތުން 2022 ވަނަ އަހަރު ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސާބިއާއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރެއްވި އެވެ.

އަދި ހަމަ އެ އަހަރު ރާއްޖެއާއި ސާބިއާއާ ދެމެދު އެމްއޯޔޫއެއްގައި ވެސް ސޮއިކުރި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން