ގަލޮޅުދަނޑުގައި މީގެ ހަފްތާއެއްހާ ދުވަސްކުރިން ކުޅުނު މެޗެއްގައި ހިންގި މާރާމާރީއާ ގުޅިގެން އެ ދުވަހު ވިކްޓްރީއަށް ކުޅުނު ކިރިގިސްތާނުގެ ފޯވާޑް އަނަޓޮލީ ޥްލަޝިޗޭވް ރާއްޖެ ދޫކޮށް ހިނގައްޖެއެެވެ.

ކުޑަހެންވޭރާއެކު ވިކްޓްރީ ކުޅުނު އެމެޗުގައި މާރާމާރީއަކަށް ދިޔައީ ކުޑަހެންވޭރުގެ ކުޅުންތެރިޔަކު އަނަޓޮލީއަށް ކުރި ފައުލަކާ ގުޅިގެން ރައްދުގައި އަނަޓޮލީ އެ ކުޅުންތެރިޔާގެ ގައިގައި ކޮޅުފައިން ޖެހި ހިސާބުންނެވެ.

އެކަމާ ގުޅިގެން ރަތް ކާޑެއް ދެއްކުމުގެ ބަދަލުގައި އަނަޓޮލީއަށް ދެއްކީ ރީނދޫ ކާޑެކެވެ. އެއާއެކު މައްސަލަ ހޫނުވެ ބަޔަކު ދަނޑަށް އަރައި އަނަޓޮލީ ފަހަވެސް ދުވުނެވެ.

"ރަސް" އަށް އެނގިފައިވާ ގޮތުގައި އަނަޓޮލީއަށް ވަނީ އެ ހާދިސާއަށް ފަހު ރައްކާތެރި ތަނަކަށް ރާއްޖެ ނުވާތީ ކަމަށް ބުނެ ރާއްޖެ ދޫކޮށް ގޮސްފަ އެވެ.

އެ މައްސަލަ އެފްއޭއެމްއާއި އަދި ފުލުހުން ވެސް މިހާރު ދަނީ ބަލަމުން ނެވެ. އެ މާރާމާރީއާއި ގުޅިގެން ޖުމުލަ 10 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މާރާމާރީ ހިންގި މެޗު 81 ވަނަ މިނެޓްގައި ކުޅުން ހުއްޓާލިއިރު 3-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ވިކްޓްރީއެވެ. ކުޅުން ހުއްޓާލި ފަހުން މެޗުގެ ބާކީ ބައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އަދި އެމެޗުން ވިކްޓްރީ މޮޅުވިކަމަށް މިހާރުވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން