ޅ. ހިންނަވަރު
ޅ. ހިންނަވަރު
ޅ. ހިންނަވަރުގައި ހޯމް ކަރަންޓީން ގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްއީއޯސީ އިން ބުނީ އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އަދި އެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަން އެނގުނީ ކަރަންޓީން މުއްދަތު ހަމަކުރުމަށްފަހު ދޫކޮށްލުމަށްޓަކައި، ނެގި ސުންކު (ސާމްޕަލް) ފައްސިވުމުން ކަމަށްވެސް އެޗްއީއޯސީ އިން ބުނެ އެވެ.

މާލޭގެ އުތުރުން މިވަގުތު ރާއްޖޭގެ ހަތް އަތޮޅެއްގެ 10 ރަށަކުން ކޯވިޑް-19 ޖެހިފައިވާ މީހުން މިހާތަނަށް ވަނީ ފެނިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން