ގުޅީފަޅު ހިއްކުމަށް ހަދާފައިވާ އެއްބަސްވުން އޮތީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޢަބްދުﷲ މުއްތަލިބު ވިދާޅުވުމުން، ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ސުވާލު އުފައްދަވައި ރައްދު ދެއްވައިފި އެވެ.

މިދިޔަ ސަރުކާރުގެ ގޯތި ގެދޮރުގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވި އަކުރަމް ވަނީ، ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ ބޮސްކާލިސް އާއިއެކު ވެފައިވާ އެއްބަސްވުން ބުނާގޮތުން، މަސައްކަތް ހުއްޓުވާފައި އޮންނަ ދުވަސްތަކުގައި ކޮންޓްރެކްޓަރަށް 3 ލައްކައެއްހާ ޑޮލަރު ދުވާލަކަށް ދޭންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ރައްޔިތުންގެ ޓެކްސް ފައިސާއިން ދައްކަންޖެހޭ ފައިސާއެއް ކަމަށާއި އެކަން އެގޮތަށް ދިމާވީ ސަރުކާރުގެ ނާގާބިލުކަމުން އަދި ސަރުކާރުގެ ނުފޫޒުންކަމަށް ދޭހަވާގޮތަކަށް އަކުރަމް ވަނީ ވާހަކަ ދައްކަވާފައެވެ.

އެއާއި ގުޅިގެން މިނިސްޓަރު މުއްތަލިބު މިއަދު ވަނީ، ހައި ކޯޓުން މަސައްކަތް ހުއްޓާލަން އަމުރު ނެރުނީ ސަރުކާރުން ބޭނުން ވެގެން ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރި ފަރާތްތަކަކީ ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމަންޓް ހެދި ފަރާތްތަކެއް ކަމަށާއި ގުޅީފަޅު ހިއްކުމަށް ހެދި އެގްރީމަންޓަކީ ރާއްޖެއަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަހަލަ އެގްރިމަންޓެއް ނޫންކަމަށް ވިދާޅުވެފައެވެ.

އަކުރަމަށް ރައްދުވާގޮތަށް މުއްތަލިބު އެހެން ވިދާޅުވެފައިވާތީ، އަކުރަމް މިއަދުވަނީ އެކަމަށް އަނެއްކާ ވެސް ރައްދު ދެއްވާފައެވެ.



އަކުރަމު ވިދާޅުވީ، ދައުލަތަށް ގެއްލުންވާގޮތަށް ހަދާފައިވާ އެއްބަސްވުމެއްކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވާއިރު އެއީ ކޮން ގެއްލުމެއްކަން ވިދާޅުވެ ނުދެއްވާކަމަށެވެ. އަދި އެކަން ވިދާޅުނުވީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށާއި، އަދި އެފަދަ ކަމެއް އެއްބަސްވުމުން ފާހަގަ ކުރެވެން ވެސް ނެތީމާ ކަމަށެވެ. އެހެން ނޫނީ އެކަން ހާމަކޮށްދިނުމަށް އަކުރަމް ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން