ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ފަންނުވެރިކަން އާންމު ފަރާތްތަކަށް ދައްކާލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އިޖުތިމާއީ ތަރައްގީއާއި ބެހޭ މިނިސްޓްރީ އާއި އެޗްޑީސީން އިންތިޒާމުކުރާ ރިވެލި ކާނިވާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށައިފިއެވެ.

މިއަދު ފެށި މި ކާނިވާ މިއަދާއި މާދަމާ ވެސް ކުރިއަށް ދާނެއެވެ. އެގޮތުން، މި ކާނިވަލުގެ ހަރަކާތްތައް ހަވީރު 4 އިން 6 އަށް އަދި ރޭގަނޑުގެ 8 ން 10 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ކާނިވާ މިއަދު ހުޅުވައިދެއްވީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއެވެ.



މިނިސްޓްރީން ބުނެފައިވަނީ މި ކާނިވާ ބޭއްވުމުގެ މައިގަނޑު މަގްސަދުތަކަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހުނަރުވެރިން ފާހަގަކޮށް އެ ހުނަރުވެރިކަމާއި، މަސައްކަތްތެރިކަން ދައްކާލުމަށް ލިބޭ ފުރުސަތުތައް އިތުރަށް ފުޅާކޮށްދިނުން ކަމަށާއި އަދި މިފަދަ އިޖުތިމާއީ ހަރަކާތެއްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ.

މި ކާނިވަލަށް ޒިޔާރަތް ކުރުމުގެ ފުރުސަތު އާންމުކޮށް ހުރިހާ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން