ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ލިތުއޭނިޔާގެ 'ޑޭ އޮފް ރެސްޓޯރޭޝަން' ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެޤައުމުގެ ރައީސްއަށާއި ބޮޑުވަޒީރަށް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ލިތުއޭނިޔާގެ ރައީސް ގިތާނަސް ނޯސެއަޑާއާއި އެޤައުމުގެ ބޮޑުވަޒީރު އިންގްރިޑާ ސިމޮނީޓޭއަށް ދުވަހުގެ މުނާސަބަތުގައި ޚާއްސަ މެސެޖެއް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ކަމަށެވެ.

އެ ދެބޭފުޅުންނަށް ވަކިވަކިން ރައީސް ޑރ. މުޢިއްޒު ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާގެ އިޚުލާސްތެރި ހެޔޮއެދުންތައް އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވައި، އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.

ރާއްޖެ އާއި ލިތުއޭނިޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 02 ޑިސެމްބަރ 1999 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން