ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކަމަށާއި އަދި އައިއެމްއެފް ބެއިލް އައުޓް ޕްރޮގްރާމަކަށް ނުގޮސް ވާންވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މާލީ ހާލަތު ވެއްޓިފައިވާ އަޑިގަޑުން ނެގުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމުގައި ބައިވެރިވާން އުޅޭ ކަމަށް ބުނެ މީސް މީޑިޔާގައި ވަނީ އަޑުފެތުރިފައެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

ސައީދުގެ ވާހަކަތަކާ ގުޅިގެން ފައްޔާޒް މިއަދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކަމަށެވެ.

ހަަމަ އެހެންމެ ސަރުކާރުގެ މާލީ ހާލަތަށް ގޮން ޖެހުންތައް އޮންނަ ކަމަށް ފައްޔާޒު ވިދާޅުވިވެ. އެހެންވެ ގައުމުތަކާ އޮންނަ ދޭދޭ ގުޅުންތައް ދަމަހައްޓާ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ނުވާގޮތަށް ކަންކަން ހައްލުކުރެވެންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އައިއެމްއެފް ގެ ފްރޮގްރާމަކަށް ނުގޮސްވާންވާނެ. ދާންޖެހޭނީ (އެޕްރޮގްރާމަށް) ކަންކުރުމުގެ ވައްޓަފާޅިނެތްނަމަ." އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށް ސަރުކާރުން ބުނެއެވެެ. އޭގެ އެންމެ ބޮޑު އެއްސަބަބަކީ ކުރީ ސަރުކާރުން ގިނަ އަދަދަކަށް ފައިސާ ޗާޕްކުރުމުން ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ދުނިޔޭގެ މާލީ އިދާރާތަކުގެ ކަމާބެހޭ ވަފުދުތައް މިއަހަރުގެ ތެރޭގައި ވެސް ވަނީ ރާއްޖެއަށް ޒިޔާރަތް ކުރަށްވައި ރާއްޖޭގެ މާލީ ހާލަތު ވަޒަން ކުރަށްވާފައެވެ. އަދި ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެފަރާތްތަކުން ވަނީ އިރުޝާދުތައްވެސް ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން