އިދިކޮޅުން އުޅެނީ އަމިއްލަ ޖީބާއި، ވެރިކަމުގެ ލައްޒަތާއި ޖާހަށްޓަކައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ބަނގުރޫޓުވެފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ޚަބަރުތއް ދޮގުކުރަށްވައި ނިހާދު މިއަދު ވިދާޅުވީ، އިދިކޮޅުން އުޅެނީ އަމިއްލަ ޖީބު ބޮޑުކޮށް، ވެރިކަމުގެ ލައްޒަތާއި ޖާހަށްޓަކައި ކަމަށެވެ.
އެގޮތުން ރާއްޖެ ބަނގުރޫޓުކޮށްލައިގެން ނަމަވެސް ވެރިކަން ވައްޓާލެވޭތޯ އިދިކޮޅުން މަސައްކަތް ކުރަމުންދާކަމަށް ނިހާދު ވަނީ ތުހުމަތު ކުރަށްވާފައެވެ. އަދި މިއީ ވަރަށް ދެރަ ކަމެއް ކަމަށްވެސް ނިހާދު ވިދާޅުވިއެވެ.
"އެމަސައްކަތުން ސާފުވަނީ، ޤައުމާއި ރައްޔިތުންގެ މައްޗަށް އެއްވެސް ކުލުނެއް ލޯތްބެއް ނެތްކަން." ނިހާދު ވިދާޅުވެފައިވެއެވެ.
ނިހާދު މިމޭރުމުން އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެފައިވާއިރު، އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް މިއަދު ވިދާޅުވެފައިވަނީ، ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކަމަށާއި އައިއެމްއެފް ބެއިލް އައުޓް ޕްރޮގްރާމަކަށް ނުގޮސް ހިފެހެއްޓޭނެ ހަކަތަ ރާއްޖޭގެ އިޤްތިޞާދުގައި ހުންނަންވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މާލީ ހާލަތަށް ގޮން ޖެހުންތައް އެބަހުރި ކަމަށް ފައްޔާޒުވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ މާލީ ހާލަތު ވެއްޓިފައިވާ އަޑިގަޑުން ނެގުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމުގައި ބައިވެރިވާން އުޅޭ ކަމަށް ބުނެ މީސް މީޑިޔާގައި އަޑުފެތުރިފައިވީ ނަމަވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

Bankrupt wejje ey kiyai dhogu fathurai, Masakkaih kuranee bangroot kohlaigen viyas werikan wattaaleweythoa… e masakkathun saafu vanee gaumaai Rayyithun ge machchah evves kuluneh loaihbeh Neih kan! Ulhenee Amilla jeeb bodu kuran + werikamuge lazzathaai Jaahathah taka! Dhera 😭
— Feydhoo Meehaa (Mohamed Nihad) (@nihad_m) February 16, 2024
ނިހާދު މިމޭރުމުން އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެފައިވާއިރު، އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް މިއަދު ވިދާޅުވެފައިވަނީ، ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކަމަށާއި އައިއެމްއެފް ބެއިލް އައުޓް ޕްރޮގްރާމަކަށް ނުގޮސް ހިފެހެއްޓޭނެ ހަކަތަ ރާއްޖޭގެ އިޤްތިޞާދުގައި ހުންނަންވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މާލީ ހާލަތަށް ގޮން ޖެހުންތައް އެބަހުރި ކަމަށް ފައްޔާޒުވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ މާލީ ހާލަތު ވެއްޓިފައިވާ އަޑިގަޑުން ނެގުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމުގައި ބައިވެރިވާން އުޅޭ ކަމަށް ބުނެ މީސް މީޑިޔާގައި އަޑުފެތުރިފައިވީ ނަމަވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.
ކިޔުންތެރިންގެ ހިޔާލު