ލޯކަލް ކައުންސިލްތަކުގެ ރަސްމީ ޖަލްސާތަކުގައި ކަންކަން ނިންމުމުގައި ކައުންސިލްގެ ރައީސުންނަށް ވޯޓު ދެވޭގޮތަށް ގަވާއިދު ބަދަލުކޮށްފިއެވެ.

ކައުންސިލްތައް ހިންގުމުގައި އަމަލުކުރަންޖެހޭ އާންމު އުސޫލުތައް ބަޔާންކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ތައްޔާރު ކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދުގައި ކުރިން ބުނެފައިވާގޮތުން، ކައުންސިލްތަކުގެ ރަސްމީ ޖަލްސާތަކުގައި ކައުންސިލްގެ ރައީސަށް ވޯޓެއް ނުދެވޭނެއެވެ.

އޭރު އެ ގަވާއިދުގައި ހިމަނާފައިވަނީ، ރައީސްއަށް ވޯޓު ދެވޭނީ ވޯޓު އެއްވަރުވާ ހާލަތްތަކުގައި، ކޮންމެހެން ނިންމަންޖެހޭ ކަމެއް ގޮތަކަށް ނިންމަން ޖެހޭ ހާލަތްތަކުގައި ކަމަށެވެ.

ނަމަވެސް، އެ ގަވާއިދު އިސްލާހު ކުރުމަށްފަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީން މިމަހުގެ 12 ވަނަ ދުވަހު އާންމުކޮށްފައިވާއިރު، އެ ގަވާއިދުގެ 72 ވަނަ މާއްދާގައި މިހާރު ބުނެފައިވަނީ، ކައުންސިލުން ކަންކަން ނިންމުމުގައި ރިޔާސަތުން ވޯޓުގައި ބައިވެރިވާންވާނެކަމަށެވެ.

އިޖުރާއީ ގަވާއިދު މިގޮތަށް އިސްލާހު ކޮށްފައި މިވަނީ، ކައުންސިލްގެ ރައީސުންނަށް ޖަލްސާތަކުގައި ވޯޓު ނުލެވޭ މައްސަލަ ދިމާވުމުން، އެކަމުގެ ޝަކުވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެކިފަހަރުމަތިން ކައުންސިލްތަކުން ހުށަހަޅާފައިވަނިކޮށެވެ. ހާއްސަ ގޮތެއްގައި މެންބަރުން މަދު ދުވަސްތަކުގައި ކައުންސިލްގެ ބޮޑެތި ކަންކަން ނިންމުމުގައި ރިޔާސަތަށް ވޯޓު ނުދެވޭގޮތަށް އޮތުމުން އެންމެ ދެ މެންބަރުންގެ ވޯޓު ދޭންޖެހޭ ޖެހުމަކީ ކައުންސިލްތަކަށް ދަތިވާ ކަމެއްގެ ގޮތުގައި ކައުންސިލްތަކުން ފާހަގަ ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން