ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން 130 ކެންޑިޑޭޓުން ވާދަކުރާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިރޭ ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިރޭ ވިދާޅުވީ އިންތިހާބުގައި ވާދަކުރީ 42 އަންހެނުންނާއި 326 ފިރިހެނުން ކަމަށެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރި އަންހެނުންގެ ނިސްބަތަކީ 11.41 ޕަސެންޓް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ މި ފަހަރު އިންތިހާބުގައި ޖުމުލަ ހަތް ސިޔާސީ ޕާޓީއަކުން 22 އަންހެނުންނާއި 216 ފިރިހެނުންނާއެކު، ޖުމުލަ 238 ކެންޑިޑޭޓުން ވާދަކުރާ ކަމަށެވެ.



އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބް މިރޭ ހާމަކުރި މައުލޫމާތަށް ބަލާއިރު 90 ދާއިރާއަކާއެކު އެންމެ ގިނަ ކެންޑިޑޭޓުން ނެެެރެފައިވަނީ އެމްޑީޕީންނެެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރަނީ 89 ކެންޑިޑޭޓުންް ކަމަށް އެކޮމިޝަނުން ހާމަކުރި މައުލޫމާތުތަކުން އެނގެއެވެ.

އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވިގޮތުގައި އިންތިހާބުގައި ވާދަކުރަން ޖުމްލަ 381 ކެންޑިޑޭޓުން ފޯމް ހުށައެޅި ނަމަވެސް ނުވަ މީހެއްގެ ކެންޑިޑެސީ ކޮމިޝަނުން ބަލައިނުގަންނަ ގޮތަށް ނިންމި ކަމަށެވެ. އަދި ހަތަރު ކެންޑިޑޭޓެއްގެ ނަން އަނބުރާ ނަގާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

އެގޮތުން ނަން އަނބުރާ ގެންގޮސްފައިވަނީ އެމްޑީޕީން މުލަކު ދާއިރާއަށް، ކުރިމަތިލެއްވި ކެންޑިޑޭޓަކާއި ޕީއެންސީން ގައްދޫ ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓެއްގެ އިތުރުން ޑިމޮކްރެޓްސްއިން ހިތަދޫ މެދުދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓަކާއި، އަމިއްލަ ގޮތުން ކިނބިދޫ ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓެއް ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން