ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މުޅިރާއްޖެއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރާއްޖޭގައި ޑޮކްޓަރަށް ދެއްކުމުގެ ކަންކަން އޮންނަގޮތުން ވަރަށް ބޮޑެތި ބުރަ އުފުލަންޖެހޭކަން ފާހަގަކޮށް ލ.މާބައިދޫ، ލަކްސްލިން، އާދަމް ޢަބްދުﷲ، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ނިޒާމު ވަރުގަދަ ކުރުމަކީ މި ސަރުކާރުގެ އެންމެ ވަރުގަދަ އެއް ސިޔާސަތު ކަމަށެވެ. އެގޮތުން އެކި ބަލިބައްޔަށް ފަރުވާދޭ ޚާއްސަ ޑޮކްޓަރުންގެ ޢަދަދު އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސްޕެޝަލިސްޓުން ގިނަކުރެވޭ ވަރަކަށް މަޑުކުރަންޖެހޭ ވަގުތު ކުޑަވާނެ" ރައީސް ވިދާޅުވިއެވެ.

އާދަމް ޢަބްދުﷲ ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުގައި ރައީސް އިތުރަށް ވިދާޅުވީ، މިހާރު ނިޒާމު ބައްޓަން ކުރަމުންދާ ގޮތުން ޑޮކްޓަރުންނަކީ ގިނަ ވަގުތު ހޮސްޕިޓަލުގައި ޚިދުމަތް ދިނުމަތް ތިބޭ ބަޔަކަށް ވެގެންދާނެ ކަމަށެވެ.



ހަމައެއާއެކު މާލެއާއި ރަށްރަށުގައި ޤާއިމުކޮށްފައިވާ ހޮސްޕިޓަލްތަކުގެ ޚިދުމަތް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ ކަމަށް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން