އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގެތެރެއިން.
އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގެތެރެއިން.
މިސަރުކާރުގެ މާލީ ނިޒާމާއި ބެހޭގޮތުން ވަކި ބަޔަކު އަސާސެއް ނެތް ތުހުމަތުތަކެއް ކުރަމުންދާކަމަށާއި، އަދި މިފަދަ ތުހުމަތުތަކުގެ ބޭނުމަކީ މިސަރުކާރުގެ ބޭންކިންގ އަދި ޕަބްލިކް ފައިނޭންސް ނިޒާމާ މެދު އިތުބާރު ގެއްލުވާލުން ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

އިޤުތިސާދީ ތަރައްގީއާއި ވިޔަފާރިއާއިބެހޭ ވުޒާރާއިން އިނގިރޭސި ބަހުން އާންމުކޮށްފައިވާ ބަޔާނެއްގައި މިހެން ބުނެފައިވަނީ ރާއްޖެ ބަންގުރޫޓުވެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ބެއިލްއައުޓް ޕްރޮގްރާމަކަށް ރާއްޖެދާން ސަރުކާރުން ނިންމާފައިވާކަމަށް ބުނެ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވަނިކޮށެވެ.

މިކަމަށް ރައްދުދެއްވައި ސަރުކާރުން މިއަދު އާންމުކޮށްފައިވާ ބަޔާނުގައި ވަކި ބަޔަކު ނިކުމެ މިފަދަ އަސާސެއް ނެތް ތުހުމަތުތަކެއް ކުރަނީ މިސަރުކާރުގެ ބޭންކިންގ އަދި ޕަބްލިކް ފައިނޭންސް ނިޒާމާ މެދު އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މިއީ ސަރުކާރުން ފަށާފައިވާ އިގްތިސާދީ އަދި މާލީ މުހިންމު އިސްލާހުތަކަށް ހުރަސްއެޅުމަށް ކުރާ މަސައްކަތްތަކެއް ކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވެކެވެ.

ނަމަވެސް އެ ތުހުމަތުތައް ދޮގުކޮށް ސަރުކާރުން ވަނީ އިގުތިސޯދު ކުރިއެރުވުމަށްޓަކައި ފަށާފައިވާ އިސްލާހީ އެޖެންޑާގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި މާލީ ނިޒާމާ މެދު އޮތް އިތުބާރު ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

އިޤުތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ އިޤްތިސާދީ މިފަދަ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާނެ ފަދަ މޭރުމަކުން ޚަބަރު ނުފެތުރުމަށާއި، ރާއްޖޭގެ އިގުތިސޯދާ މެދު ބޭރުގެ އިތުބާރު ހޯދަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި އެ ކަމަށް ހުރަސްއެޅޭ ގޮތަށް، ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

"ރަސް" އަށް މައުލޫމާތު ދެއްވި ސަރުކާރުގެ އިސް އޮފިޝަލަކު އިއްޔެ ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓު ވެފައިވާކަމަށްބުނެ އައިއެމްއެފްގެ ބެއިލްއައުޓް ޕްރޮގްރާމެއްގައި ބައިވެރިވާން ނިންމާފައިވާ ކަމަށް ފަތުރާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. އަދި އެ ހާލަތަށް ދިވެހި ދައުލަތުގެ މާލީ ހާލަތު ނުދާކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން