ރާއްޖޭގެ މިސްރާބު ހުރީ އަނދަވަޅަކާ ދިމާލަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ވާދަކުރައްވާ މިހާރުގެ ވެސް އެ ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ވަނީ މި ސަރުކާރުގެ ހިންގުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރައީސް ސޯލިހުގެ ވެރިކަން ނިމުނު އިރު ރާއްޖޭގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް ރާއްޖޭގެ އިގުތިސާދީ ހާލަތު ގޯސްވީ މި ސަރުކާރާ ހުރެ ކަމަށް ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވަނީ ސިފަ ކުރައްވައިފަ އެވެ.

ހަމަ އެހެންމެ މި ސަރުކާރުގެ ބޭފުޅުން ކުރިން ވެސް ހެދީ ދޮގު ކަމަށާއި އަދި ވެރިކަމަށް އައުމަށް ފަހު ވެސް ހަަދަނީ ދޮގުކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

"ވެރިކަން ކުރެވުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަކަށެއް މިއަދަކު ނެތް ލޯ މަރާލައިގެން، ބަލަހައްޓައިގެން ހުރެވޭކަށް. ގައުމު މިދާ މިސްރާބު ރަނގަޅެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އަޅުގަނޑުމެން އެކީގައި އެތައް މަސައްކަތެއް ނުކޮށްފި ނަމަ މި ގައުމު ގޮސް ވެއްޓޭނެ އަނދަވަޅު ވަރަށް ސާފުކޮށް މިހާރު ފެންނަމުންދާ ކަމަށެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ދޮގު ހަގީގަތެއް ނެތް ތުހުމަތުތަކެއްކޮށްގެން ކަމަށް ވިދާޅުވެ ރައީސް ސޯލިހު ދައްކަވަމުން ދާ ވާޙަކަތައް ރޭ ވެސް އެމަނިކުފާނު ތަކުރާރު ކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ދޮގުތައް މިހާރު ރައްޔިތުންނަށް އެނގޭ ކަމަށާއި އަދި ރާއްޖޭގެ އެކި ރަށްރަށުން، އެކި ކަންކޮޅުތަކުން އެކަމާ ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނާ، ދެރަވެ ކަންބޮޑުވެސްވާ ކަމަށެވެ.

މިހާރުވެސް މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް އޮންނައިރު ކުރިއަށް އޮތް އިންތިހާބުން ވެސް ބޮޑު އަޣުލަބިއްޔަތެއް ހޯދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


6

އަލީ

19-Feb-2024

ތިޔަ ބޭފުޅާއަށް ވާނުވާ އެނގިވަޑައިނުގަންނަވާ ހާލު ކޮންނެވި އަނދަވަޅަކަށް ނޫންބާ ތިޔަ ވިދާޅުވާ ވެއްޓުމެއް ވެއްޓޭނަމަ މި ވެއްޓެނީ. ރައްޔަތުންގެ ހޭވެރިކަމެއް ހުރިނަމަ މިހާރު އޮތީީހީ ފަހައިގަތްގަތީނުން ކަނޑަށް ބާލާފައި.


1

ސ.

19-Feb-2024

ތިބުނާ އަނދަވަޅާ ދިމާއަށް މިރާއްޖެ އަނބުރާލީ ތިބޭފުޅާ.



ޓްރެންޑިން