ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ގެމްބިޔާގެ 59 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް އަޑާމާ ބަރޯ އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ގެމްބިޔާގެ ރައީސް އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި ‌‌‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ގެމްބިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް އެޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާއާ ހެޔޮ އެދުންތައް ފޮނުއްވާފައިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ގެމްބިޔާގެ ރައީސަށް ދުޅަހެޔޮކަމާއި ރަނގަޅު ޞިއްޙަތަކަށް އެދިވަޑައިގަންނަވައި، ގެމްބިޔާގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ." ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ދިވެހިރާއްޖެއިން ގެމްބިޔާ އާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 3 ޖުލައި 1989ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން