ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއާޕަސަންގެ މަގާމަށް ކަށިމާ އަޙްމަދު ޝާކިރު އައްޔަން ކުރައްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަގާމަށް ކަށިމާ ޝާކިރު އައްޔަނުކުރެއްވީ ކުރިން އެ ކޮމިޓީގެ ޗެއަރޕަރސަންގެ މަގާމުގައި ހުންނެވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަނީސާ އަނީސާ އަހުމަދު ސިއްހީ ސަބަބުތަކަކަށްޓަކައި އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެންނެވެ.

މިއަދު ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ދިވެހި ފިލްމު އުފެއްދުމާއި، ތަމްސީލުކުޅުމަށް ގިނަ ބަޔަކު ކުރިމަތިލައިގެން ކުރިއަށް ދިޔަކަމުގައިވިޔަސް، މީގެ ވިއްސަކަށް އަހަރު ކުރިއަށް ބަލާއިރު އެކަން އޮތީ، އެންމެ ދަށްފެންވަރުގެ މީހުން މަގުމަތީގައި، ގޭގޭދޮށުގައި ކުރާކަމެއްގެ ގޮތުގައެވެ. މިހެން އޮއްވައި އެކަމަކީ، ތައުލީމީ މީހުންވެސް ކުރާ ކަމެއްގެގޮތަށް ބަދަލުކޮށްލުމުގައި ސައިކުރާ އިބްރާހީމް ނައީމު ކުރެއްވި މަސައްކަތުގައި، ތަރުބިއްޔަތު ދެއްވި މުމައްސިލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއްބޭފުޅަކީ މަޝްހޫރު ކަށިމާ ޝާކިރެވެ.

ކަށިމާގެ އަގު ވަޒަންކޮށް ސަރުކާރުން ވަނީ އޭނާއަށް އާންމު ހިދުމަތުގެ އިނާމްވެސް އަރުވައިފަ އެވެ.

ކަށިމާ ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއާޕަސަންގެ މަގާމަށް އައްޔަނުކުރުމުގެ އިތުރުން އެ ކޮމިޓީގެ މެންބަރު ކަމަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މައްޗަންގޮޅި ވިލުވެލި ބަދުރުއްނަސީރު ވެސް ވަނީ އައްޔަނުކުރައްވައިފަ އެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މާފަންނު މަހުމާވިލާ އިބްރާހީމް އިސްމާއިލް އަލީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ކަމުގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެން ނެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން