ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ގޮވާލައިފި އެވެ.

މަޓާޓޯއިން ނެރުނު ޕަބްލިކޭޝަންގައި ބުނީ ރާއްޖޭގެ ވިޔަފާރިތަކަށް ޑޮލަރު ދޫކުރުން ރާއްޖޭގެ ބޭންކުތަކުން ދަށްކުރުމާއެކު ޑޮލަރުތައް ބޮންޑުތަކަށް ހަމަޖައްސަމުންދާ ކަމަށެވެ.

އެއާއެކު ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ އަދި ރާއްޖޭގެ އިގުތިސާދު ކުރިއެރުމަށް ވެސް ހުރަސް އެޅެމުންދާ ކަމަށް ބުނެފައި ވެއެވެ.

ހަމަ އެހެންމެ ފަހަކަށް އައިސް ރާއްޖޭގެ ސަރުކާރުތަކުން ކުރާ ހަރަދުތައް އިންތިހާއަށް އިތުރުވެ އަދި ލޯނުތައް ނެގުން ވެސް އިތުރުވުމަކީ ވެސް ޑޮލަރުގެ ދަތިިކަން ކުރިމަތިވި ކަމެއް ކަމަށް މަޓާޓޯއިން ބުނެފައި ވެއެވެ.

ޑޮލަރުގެ މައްސަލަ ހައްލުކުރަން އެމްއެމްއޭ ފެއިލް ވެފައިވާކަން ވެސް މަޓާޓޯއިން ފާހަގަކޮށްފައި ވެއެވެ.

"އެމްއެމްއޭއަށް ރަނގަޅަށް މަސައްކަތެއް ކުރެވިފައި ނެތް ކަން ފާހަގަކުރަން، އެމްއެެމްއޭގެ ގަވަރުނަރު އިސްތިއުފާ ދޭން ގޮވާލަން." މާޓާޓޯއިން ބުނެފައި ވެއެވެ.

މަޓާޓޯއިން ވަނީ ވިޔަފާރިތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށް ގަވައިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތް ހިންގާ ފަރާތްތައް ހޯދައި އަދި ޑޮލަރުގެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރަން ގޮވާލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން