ޅ. ނައިފަރު ވެމްކޯ ސައިޓްގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މިއީ އެ ސައިޓުގައި ރޯވި ދެވަނަ ފަހަރެވެ. އެގޮތުން މި މަހުގެ ނުވަ ވަނަ ދުވަހުވެސް ހަމަ އެ ސައިޓުގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ.

އެމްއެންޑީއެފުން ބުނީ ނައިފަރުގެ ވެމްކޯ ސައިޓްގައި ރޯވިކަމުގެ މަޢުލޫމާތު ރޭ ދަންވަރު 01:20 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ. ނައިފަރު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ. އަދި އަލިފާން ނިއްވުމަށް ކުރި މަސައްކަތުން ރޭ ފަތިހު 04:40 ހާއިރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ބުނެއެވެ.



އެ ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާ ނުލިބޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން