ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ޓެކްސީ ކުރާ ފަރާތްތަކުން، ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑުކޮށް އަގުނަގާ މައްސަލަ ހައްލު ކުރުމާއި ގުޅޭގޮތުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، އެއަރޕޯޓުން ދަތުރުކުރާ ފަރާތްތަކުގެ އަތުން އެކަށީގެންނުވާ ބޮޑުއަގެއް ނަގާކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާކަމަށެވެ.

އެހެންކަމުން، އެ ކަމަށް ހައްލެއް ހޯދުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށާއި އެގޮތުން ފުރަތަމަ މަޝްވަރާ ބައްދަލުވުން މިއަދު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާއިއެކު ބާއްވާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓެކްސީ ދަތުރުތަކުން ކަސްޓަމަރުން އަތުން ނަގާ ފީއަކީ ސަރުކާރުން ކޮންޓްރޯލް ކޮށްފައި އޮންނަ އަގެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން