ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުން އަޒުލުކުރަންޖެހޭނީ ކަރުގެ ހިމަނާރު ބުރިކޮށްލާފައިކަމަށް މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމު އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޭދޫ އަދި ހިތަދޫ ރައްޔިތުންނާއި މިރޭ ބައްދަލު ކުރެއްވުމަށް ކުރިއަށް ގެންދެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މި ގައުމު ވައްޓާލާފައިއޮތް ފުން ވަޅުގަނޑުން އަރައިގަނެ ގައުމު ސަލާމަތް ކުރުމަށް އެމަނިކުފާނު ގެންދަވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.

ނަމަވެސް، ވެރިކަމަށް 14 ހަފްތާ ވެސް ނުވަނީސް، އެކިއެކި ދޮގު ވާހަކަތައް ފަތުރާ މި ވެރިކަން ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރަމުން ދާކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޝަހީމް ވިދާޅުވީ، ރައްޔިތުން ވޯޓު ލައިގެން ހޮވާފައިވާ ވެރިއަކު އަޒުލުކުރުމަށް މަޝްވަރާކޮށް ވާހަކަދެކެވޭ ހިސާބަށް ދާ ދިޔުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް، މިތިބީ ރައީސް ކުރައްވާ ބުރަ މަސައްކަތްޕުޅުތަކުގައި އެހީތެރިވެ ސާބިތުކަމާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށާއި، އެމަނިކުފާނުގެ ގާނޫނީ ވެރިކަން ގާނޫނާއި ހިލާފަށް ފުރޮޅާނުލެވޭނެ ކަމަށެވެ.

"ކުޅޭ ކުޅިވަރަކަށް ހަދައިގެން މަނިކުފާނު ވެރިކަމުން އަޒުލެއް ނުކުރެވޭނެ. އެކަންކުރަންޖެހޭނީ އަޅުގަނޑުމެންގެ ކަރުގެ ހިމަނާރު ބުރިކޮށްލާފައި." ޑރ. ޝަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

މޮޔަ ށަހީމު

19-Feb-2024

ހިތުން މޮޅު އެއްޗެއް ބުނެލީ ދޯ. ނަމްބަރު މަތިކުރަން!


2

ޔިީއޫ ޗަން

19-Feb-2024

ޥަރަށް ސަޅި



ޓްރެންޑިން