އަންނަ މޭ މަހުގެ 10ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އަނބުރާ އެ ގައުމަށް ގެންދިއުމުގެ މަސައްކަތް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު އައްޑޫ ސިޓީއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި، މިރޭ ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން، އިންޑިޔާ ސިފައިންގެ އެއް ގްރޫޕް އެ ގައުމަށް ގެންދާނެ ކަމަށެވެ. އަދި އޭގެ ދެމަސް ފަހުން ބާކީ ހުރިހާ ސިފައިން ރާއްޖެއިން ބާލާ ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އެ ގައުމަށް ފޮނުވާނީ ރިވެތި އުސޫލުގެ މަތިން، ޑިޕްލޮމަސީގެ ތެރެއިން، ޕްރޮފެޝަނަލް މިންގަނޑާއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮންމެ ގައުމެއްވެސް ގަބޫލު ކުރާނެ، އަނެއް ގައުމެއްގެ ޑިމޮކްރެޓިކް ނިންމުންތައް، މި ބަވަނަވެފަ އޮތް ދުނިޔޭގަ އެނޫން ގޮތަކަށް އޮޕަރޭޓްވާ ގައުމެއް ނޯންނާނެކަން." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ސަރަހައްދީ ސުލްހަވެރިކަމާއި ހަމަޖެހުން އޮންނަން ބޭނުން ނަމަ، އެ ގައުމުގެ ޑިމޮކްރެޓިކް ނިންމުންތައް އޮތީ ކިިހިނެއްތޯ ބަލާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން