ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލެއްވުމަކީ އެމްޑީޕީގެ މުސްތަގުބަލު އުޖާލާވާނެ ކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް ކަމުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޖޫން 21، 2023 ގައި އެމްޑީޕީން ވަކިވެ ވަޑައިގަތުމާ ގުޅިގެނެވެ. އޭގެ ފަހުން އެމްޑީޕީގެ ރައީސްކަމުގެ މަޤާމް ވަގުތީގޮތުން ފުރުއްވަމުން ގެންދަވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުން އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ޝާހިދު އެކަންޏެވެ.

އެކަމާ ގުޅޭ ގޮތުން ރީކޯ ވިދާޅުވީ ޝާހިދުގެ ނިންމެވުމަކީ އެމްޑީޕީގެ މުސްތަގުބަލު އުޖާލާކޮށްލާނެ ކަމެއް ކަމަށެވެ.

"އެމްޑީޕީ ރައްޔިތުންނަށް ގެނެސްދިން އުފާވެރިކަމާ މިނިވަންކަން ފަނޑުވިޔަނުދީ ދެމެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރަން ޝާހިދު ނިންމެވިނިންމެވުމަށް މަރްޙަބާ!" ރީކޯ ވިދާޅުވި އެވެ.

ނިމިގެން ދިޔަ އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ އައު ފޯރިޔަކާއި އައު ޖޯޝަކާއި އެކު، އާބާރެއްގައި އެމްޑީޕީ ނިކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިޔުމަށް އެންމެން އެކުވެ އަތުގުޅާލަން ވެއްޖެ ކަމަށެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން