މުހައްމަދު ނަސީމް (ނަފާ ނަސީމް)
މުހައްމަދު ނަސީމް (ނަފާ ނަސީމް)
މަސްވެރިންނަށް 280 މިލިއަން ރުފިޔާ ދިނުމަކީ ދައުލަތަށް ބޮޑުކަމަކަށް ވެގެން ނުވާނެ ކަމަށް ރާއްޖޭގެ މަޝްހޫރު އިގްތިސާދީ މާހިރު، މުހައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ނަސީމް މިމޭރުމުން ވިދާޅުވެފައިވާއިރު މަސްވެރިންނަށް ލިބެންޖެހޭ 3 މަސްދުވަހުގެ ފައިސާ ނުލިބޭ ކަމަށްބުނެ ކޫއްޑޫގައި މަސްވެރިން އިއްޔެ ވަނީ މުޒާހަރާ ކޮށްފައެވެ. އެކަމާ ގުޅިގެން މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ، މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް މާޗް މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ޚަލާސް ކުރަށްވާނެ ކަމަށެވެ.

މަސްވެރިންނަށް ފައިސާ ނުލިބި ލަސްވާ މައްސަލައަށް އިޝާރާތް ކުރަށްވަމުން ނަފާ ނަސީމް ވިދާޅުވީ، ދިވެހި މަސްވެރިންނަށް ދިމާވެގެން އުޅޭދަތިކަން ފިލުވައިދޭން ސަރުކާރާއި ބެންކުތަކާ ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ. އެގޮތުން ކުރިއަށް އޮތީ ރަމަޟާން މަސް ކަމަށްވުމުން ސަރުކާރުން މިވަގުތު އެންމެ އިންކަމެއް ދޭންޖެހޭ ކަމަކީ އެއީ ކަމަށް ނަސީމް ވަނީ ވިދާޅުވެފައެވެ.

"280 މިލިއަން އަކީ ދައުލަތަށް ނުދެވޭ ވަރުގެ ބޮޑު ޢަދަދެއްނޫން. ދެޓްސް އަ ޕްރިއޯރިޓީ." ނަސީމް ވިދާޅުވެފައިވެއެވެ.



މަސްވެރިންގެ އިޙްތިޖާޖާ ގުޅިގެން މަސްވެރިކަމާބެހޭ ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިންގެ ނުތަނަވަސް ކަމަކީ މިވަގުތު ސަރުކާރަށް އެކަމެއްގެ ކަންބޮޑުވުން އެންމެބޮޑަށް އޮތް އަދި އެންމެބާރަށް ހައްލު ކުރަން މަސައްކަތް ކުރަމުން ގެންދާ ކަންބޮޑުވުން ކަމަށެވެ.

އެގޮތުން ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ގޮތުގައި މިސަރުކާރަށް 250 ވަރަކަށް މިލިޔަން ރުފިޔާ ވާރުތަވި ކަމަށާއި، އެފައިސާ ހިމެނޭ ގޮތަށް މިހާރު ނުދެވި ހުރީ 280 މިލިޔަނެއްހާ ރުފިޔާ ކަމަށެވެ. އަދި މިހާރު ބެކްލޮގްގައި ހުރި ފައިސާ މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ޚަލާސްކޮށް ނިންމާނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފައިވަނީ މަސްވެރިން މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަށްވާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ނިމެން ގާތްވެފައިވަނިކޮށް، ސެޕްޓެމްބަރު މަހުގެ މަހުގެ މެދުތެރޭގައި މަސް ކިލޯއެއް 17 ރުފިޔާއިން 25 ރުފިޔާ އަށް ވަނީ ބޮޑުކޮށްފައެވެ. ނަމަވެސް މި ސަރުކާރުން ނިންމާފައިވަނީ އެއަގު 20 ރުފިޔާ އަށް ދަށްކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން