ކުރިއަށް އޮތް ފަސް އަހަރު ތެރޭ އޮޕަރޭޝަނަށް ނެރެވޭނެ ރަށްތަކާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާ ކުރި ސުވާލު ނަގައިފި އެވެ.

އެ ސުވާލު ކުރަން ހުށަހެޅުއްވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީއަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެވެ.

ރިޔާޒް ސުވާލު ކުރެއްވީ ތ. އަތޮޅުގައި ހިމެނޭ ރަށްތަކުގެ ތެރެއިން ޓޫރިޒަމް ތަރައްޤީކުރުމަށް ދޫކޮށް ނުހެދި ހުރި ރަށްތަކަުގެ އަދަދާއި އަދި އެ ރަށްތަކުގެ ތެރެއިން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ރަށްތަކަކީ ކޮބައިކަން ސާފު ކުރެއްވުމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އެ ސުވާލު ރިޔާޒް އަނބުރާ ނަންގަވައިފައިވާ ކަމަށެވެ.

އެ ސުވާލު އަނބުރާ ގެންދިޔައީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ. އެކަމާ ގުޅޭ ގޮތުން ރިޔާޒްވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

މިހާރު މުޅި ތ. އަތޮޅުގައި އޮންނަނީ އެންމެ ރިސޯޓެކެވެ. އެހެންވެ އެ އަތޮޅުގެ ރައްޔިތުން އެކަމާ މެދު ކަންބޮޑުވެ އެކަން ރައީސްގެ ސަމާލުކަމަށް ވެސް ވަނީ ގެނަސްފައެވެ. ރައީސް ވަނީ އަތޮޅުގެ ރައްޔިތުންގެ އެދުމާ އެއްގޮތަށް ގިނަ ރިސޯޓުތަކެއް އެ ސަރަހައްދުގައި ތަރައްގީ ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.

"މި އަތޮޅަށް (ތ. އަތޮޅަށް) އިރާދަކުރެއްވިއްޔާ ވަރަށް ޔަގީން، މި އަހަރު ވެސް ފެށޭވަރު ވާނެ އަދި މި ފަސް އަހަރު ތެރެއަށް ބަހާލައިގެން ގިނަ ރިސޯޓުތަކެއް މުޅި އަތޮޅުގެ އެކި ހިސާބަށް އެކި ދާއިރާތައް ކަވަރުވާގޮތަށް ގެނެސްދޭނަން." ޒުވާނުންނަށް ރަށުގައި ތިބެގެން ކައިރި ރިސޯޓަކަށް ގޮސްގެން އާމްދަނީ ލިބޭނެ، ވަޒީފާ އަދާކުރެވޭނެ ފުރުސަތު ހޯދައިދޭނަން." ރައީސް މުއިއްޒު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން