ނިމިދިޔަ ސަރުކާރުން އެކުލަވާލި ފޮރިން އެކްސްޗޭންޖް ރިފޯމް ސިޔާސަތު ތަންފީޒުކުރަން އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ރިޔާސީ ބަޔާނަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ޕީޖީ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން މިއަދު ވަނީ ޖަވާބު ދެއްވައިފަ އެވެ.

ރަޝީދު ވިދާޅުވީ ރާއްޖެއަށް ބޭރު ފައިސާ ލިބުން ދަތިވެ އެކަމުގެ ސަބަބުން މާކެޓަށް އަންނަ ބަދަލުތަކަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި ރައީސްގެ ރިޔާސީ ބަޔާނުގައިވާ ބޭރު ފައިސާ ޤައުމުގައި ހިފެހެއްޓޭނެ އާ ގޮތްތައް ހޯއްދަވަމުން ގެންދަވާ ވާހަކައަށް ރަޝީދު އަލިއަޅުވާލެއްވި އެވެ.

އެކަމަށް އިތުރު ވަގުތު ހޭދަނުކުރައްވައި, އެއް ސަރުކާރުން ކުރާ ކޮންމެ ކަމެއް ބޮލާލައި ޖެހުމުގެ ދިގު މާޒީއަށް ބޮޅެއް އިތުރުނުކުރެއްވުމަށް ރަޝީދު ގޮވާލެއްވި އެވެ.

"މިކަމުގައި ރާއްޖޭގެ މާލީ އިދާރާތަކާއ,ި ބޭރުގެ އިދާރާތަކުގެ މަޝްވަރާއާއެކު ފޮރިން އެކްސްޗޭންގެ ރިފޯމް ސްޓްރެޓަޖީ އެކުލަވާލައި ނިމިދިޔަ ކެބިނެޓްގެ އެންޑޯޒްމަންޓްވެސް ވަނީ ހޯދާފައި. ރައީސް މިއަދު ކުރައްވަންވީ ކަމަކީ އެކަން ތަންފީޒުކުރެއްވުން." ރަޝީދު ވިދާޅުވި އެވެ.

ނަމަވެސް ކުރީ ސަރުކާރުން އެކުލަވާކާފައިވާ ކަމަށް ރަޝީދު ވިދާޅުވި ފޮރިން އެކްސްޗޭންގެ ރިފޯމް ސްޓްރެޓަޖީއާއި ބެހޭ އެއްވެސް ތަފުސީލެއް އޭނާ ހާމަކުރަށްވާފައެއް ނުވެއެވެ.

ފަހަކަށް އައިސް ޑޮލަރު ލިބުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. އަދި ބްލެކް މާކެޓްގައި ޑޮލަރުގެ އަގު އިންތިހާއަށް ވަނީ އިތުރުވެފަ އެވެެ. ސަރުކާރުން ބުނީ ޑޮލަރުގެ މައްސަލަ ހައްލުކުރަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-5

އިބޫމާލެ

19-Feb-2024

އެމްޑީޕީން ބުނާގޮތަށް ކަންތައް ކުރާކަށް ނޫން ރައްޔަތުން ވެރިޔަކު ހޮވިީ މޮޔަ ބޮލައް އަރައިގެން ތެޅޭނެ ކަމެއް ނެއް



ޓްރެންޑިން