މާލޭގެ ޕާކިންއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ގާކޮށިން މިހާރު ބަންދުކޮށްފައިވާ ބައި ހުޅުވާލަން ނިންމައިފި އެވެ.

ސިނަމާލެ ފްލެޓްއާއި އަދި ގާކޮށިން ބައެއް އޮންނަނީ ސްޓެލްކޯގެ ބޭނުމަށް ނަގައިފަ އެވެ.

އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ ކަންކަމަށް ހައްލުހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގާކޮށީގެ ޕާކިންޒޯނުން ބައެއް ހިމެނޭގޮތަށް ސްޓެލްކޯއިން ބަންދުކޮށްފައިވާ ސަރަޙައްދު ހުޅުވާލަން ނިންމާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވި އެވެ.

އެގޮތުން މި ހަފްތާ ނިމުމުގެ ކުރިން އެތަން ހުސްކޮށް އެތަން އާންމުންނަށް ހުޅުވާލާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.

"ސްޓެލްކޯއަކީ ރައްޔިތުންގެ ދިރިއުޅުމުގެ އެންމެ އަސާސީ ޚިދުމަތުގެ ބައިވެރިޔާއަށްވާއިރު، މި ކުންފުންޏަކީ، ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިފަދަ ގިނަކަންކަމަށް ދަނީ ހައްލުހޯދައިދެމުން." ފަހުމީ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން