ރައީސް މުއިއްޒު އެމަނިކުފާނުގެ ކެބިނެޓާއެކު---
ރައީސް މުއިއްޒު އެމަނިކުފާނުގެ ކެބިނެޓާއެކު---
ކުރީ ސަރުކާރުން ރައްޔިތުންނަށް ނުދީ އޮތް ފައިސާގެ އަދަދު ނުވަ ބިލިއަނަށް އަރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން މިއަދު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިއިރު ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތީ ކުރީ ސަރުކާރުން ކުރިމަތިކުރި އިގުތިސާދީ ހާލަތު ކަމަށެވެ.

އެގޮތުން ސަރުކާރުގެ ކުންފުނިތަކުން ވެސް ރައްޔިތުންނަށް އެތައް ބިލިއަން ރުފިޔާއަކަށް އޮތީ ދަރާފައި ކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ،

"އަޅުގަނޑު އެންމެ ފަހުން ބަލާލިއިރުވެސް އަޅުގަނޑުމެންނާ ހަވާލުވި އިރު ނުދައްކާ ނުވަ ވަރަކަށް ބިލިއަން ރުފިޔާގެ ފެންޑިން ބިލްސް އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވި އިރު އެބައޮތް ކުރީ ސަރުކާރުން ރައްޔިތުންނަށް ނުދީ، ނުވަ ބިލިއަން ރުފިޔާގެ ދަރަނި ސަރުކާރުގެ ކުންފުނިތަކުން އާންމު ރައްޔިތުންނަށް ނުދީ. އެއީ މިފްކޯއާއި ދެން ހުރި އެކި ކުންފުނިތައް، ފެނަކަ ދެން ވެސް ގޮސް އެބަހުރި ސަރުކާުރުގެ ގާތްގަނޑަކަށް 50 ހަކަށް ކުންފުނި." ރައީސް ވިދާޅުވި އެވެ،

ރައީސް ވިދާޅުވީ އެ 50 ހަކަށް ކުންފުނިތަކުން، އެކި ކަހަލަ މަސައްކަތްތައް މިނިސްޓްރީތަކުން ކުރުވާފައި އެބަހުރި ކަމަށެވެ.

ހަމަ އެހެންމެ ރާއްޖޭގެ ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ 120 ބިލިއަން ރުފިޔާގެ ދަރަނި އަދި ބޭރަށް ވެސް ދައްކަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ފާއިތުވި ތިިން މަހު ދިޔައީ އެ ފައިސާތައް ދެއްކުމުގެ މަސައްކަތުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ނުދީ އޮތް ފެނަކައިން އެފައިސާތައް ނުދީގެން އަމިއްލަ ކުންފުނިތަކުގެ ބޭފުޅުން ނިމިގެން ދިޔަ ސަރުކާރުގައި އިހުތިޖާޖު ވެސް ކޮށްފައި ވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން