ޒަހީނުއްދީން ސަޢީދު   20 ފެބްރުއަރީ 2024 - 20:58
އިދިކޮޅު މައިޕާޓީ، އެމްޑީޕީގެ ރައީސްގެ މަގާމު ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް މިއަދު ލިބިވަޑައިގެންފި އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގެ ސުންގަޑި ހަމަވިއިރު، އެމަގާމަށް އެދި ފޯމު ހުށަހެޅުއްވީ އަބުދު ﷲ ޝާހިދު އެކަންޏެވެ. އެހެންކަމުން ޝާހިދު އެމަގާމަށް ހޮވިވަޑައިގެންފައިވަނީ އިންތިހާބަކާއި ނުލައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަން ވެސް ކުރެއްވި ޝާހިދަކީ ދައުލަތުގެ އިސްމަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވެފައިވަނީ އެޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު އެމަގާމުން އިސްތިއުފާ ދެއްވައި ޕާޓީން ވަކިވެވަޑައިގަތުމާއި ގުޅިގެންނެވެ. އޭގެފަހުން ނިމިދިޔަ ރިޔާސީ އިންތިހާބަށްފަހު ޕާޓީގެ ގައުމީ މަޖިލިސް ބައްދަލުވުމެއްގައި ރައީސަކު އައްޔަނު ކުރެވެން ދެން ޕާޓީގެ ލީޑާޝިޕްގެ ހިންގުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވަނީ ހަވާލު ކޮށްފައެވެެ. އެމަނިކުފާނު މީގެ ކުރިން ހުންނެވީ އެޕާޓީގެ އިސްލީޑަރުގެ މަގާމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން