އެމްޑީޕީގެ ރައީސްކަމަށް އިންތިހާބުވި އަބުދުﷲ ޝާހިދު ގައުމާ ރައްޔިތުންނަށް އަގުހުރި މަަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެެވެ.

އެމްޑީޕީގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު މިއަދު ވަނީ ހޮވިވަޑައިގެންފައެވެ. ޝާހިދު އެމްޑީޕީގެ ރައީސް ކަމަށް ހޮވިވަޑައިގަތީ އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި މަގާމަށް ކުރިމަތިލެއްވީ އެމަނިކުފާނު އެކަނި ކަމަށްވާތީ އިންތިހާބަކާއި ނުލައެެވެ.

ޝާހިދު އެމްޑީޕީގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމާއި ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން ގައުމާ ރައްޔިތުންނަށް އަގުހުރި މަަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށެވެ. އެމްޑީޕީގެ ރައީސްކަމަށް ޝާހިދު ހޮވިވަޑައިގަތުމާ ގުޅިގެން، ރައީސް ސޯލިހް ވަނީ އެމަނިކުފާނަށްށް މަރުހަބާ ވިދާޅުވެފައެވެ.



އެމްޑީޕީގެ ރައީސްކަމަށް ހޮވިވަޑައިގަތުމުން ޝާހިދު މިއަދު ވިދާޅުވީ، ރައީސްކަމުގެ ޒިންމާއާ ހަވާލުވެވަޑައިގަންނަވަނީ ޕާޓީގެ މެމްބަރުންގެ ފުރިހަމަ އިތުބާރާއެކު، އާ ބާރެއްގައި އެމްޑީޕީ ކުރިޔަށް ގެންދަވަންކަމަށެވެ. އަދި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އުންމީދުތަކަށް އެމްޑީޕީ ކާމިޔާބު ހޯދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމާއި ރައްޔިތުންގެ މަޖިލީހާއި ޚާއްޞަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އަދި މީގެ ކުރިން އެމްޑީޕީގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވުމުގެ އިތުރުން، އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް އެމަނިކުފާނު ކުރެއްވިއެެވެ. ޝާހިދު ފާހަގަކުރެވިގެން ގޮސްފައިވަނީ ނިމިދިޔަ އެމްޑީޕީގެ ވެެރިކަމުގައި ރައީސް ސޯލިހްގެ ސަރުކާރު ދެމެހެއްޓުމަށް އެންމެ ވަރުގަދައަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން