ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގަޑިއަށް ފެށޭ ގޮތެއް ނުވި އެވެ.

އާންމުކޮށް އެހެން ދުވަސްތަކެކޭ އެއްގޮތަށް މިއަދުގެ ޖަލްސާ ފަށަން ތާވަލުކޮށްފައި އޮތީ ހެނދުނު ނުވައެއ ޖަހާއިރު އެވެ.

ނަމަވެސް އެ ގަޑިއަށް ޖަލްސާ ފެށޭ ގޮތެއް ނުވި އެވެ. އަދި ގަޑިން ނުވަ ގަޑި ބައިވާން ކައިރިވެފައި ވަނިކޮށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ނާއިބު ރައީސް އަހުމަދު ސަލީމް ވިދާޅުވީ ޖަލްސާ ނުފެށި ލަސްވަމުންދަނީ ކޯރަމް ހަމަނުވެގެން ކަމަށެވެ.

ނަމަވެސް މިއަދު މަޖިލީހަށް ހާޒިރުވީ ކިހާ މެމްބަރުންނެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. މަޖިލީހުގެ ކޯރަމް ހަމަވަނީ 22 މެމްބަރުންނާ އެކުއެވެ.

ސަލީމް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ދަނީ މިއަދު ހެނދުނު 10 ޖަހާއިރު ޖަލްސާ ފެށޭތޯ ކަމަށެވެ.

މީގެ ކުރިން މިދިޔަ އަހަރު ފަހުކޮޅު ވެސް ކޯރަމް ހަމަނުވެ މަޖިލީހުގެ ޖަލްސާތައް ވަރަށް ގިނަ ދުވަހު ކުރިއަށް ނުގޮސް ދިޔަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން