ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ދަޢުވާކުރާ މައްސަލަތައް 30 ދުވަހުގެ ތެރޭގައި ނިންމަން ގާނޫނުގައި ބުނާގޮތަށް އެކަން ކުރަން ހަނދާންކޮށްދޭން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ކޯޓުތަކަށް ސިޓީ ފޮނުވަން ފަށައިފި އެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި، އެ ގާނޫނުގެ ދަށުން ދައުވާކުރާ މައްސަލައެއްގައި ކޯޓަށް މައްސަލަ ހުށަހަޅާ ތާރީޚުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި މައްސަލައިގައި ކޯޓުން ހުކުމެއް ކުރަންވާނެކަމަށް ލިޔެފައި ވެއެވެ.

އެހެންވެ މިއަހަރުން ފެށިގެން، ރާއްޖޭގެ ހުރިހާ ކޯޓުތަކަށް ފޮނުވާ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާކުރާ ހަމަ ކޮންމެ މައްސަލައެއްގައި، އެމައްސަލައެއްގައި ހުކުމެއް ކުރަން ގާނޫނުގައި ކަނޑައެޅިފައިވަނީ 30 ދުވަހުގެ މުއްދަތެއްކަން، ފަނޑިޔާރުގެ ސަމާލުކަމަށް ގެނެސް، ހަނދުމަފުޅުކޮށް އެރުވުމަށްޓަކައި، އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ފަށައިފައވާ ކަމަށް ޕީޖީ އޮފީހުން މިއަދު ވަނީ ބުނެފަ އެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ އެފަދަ މައްސަލަ ލަސްވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް، އެ މުއާމަލާތުތައް ފެންނަން ހުންނާނެއެވެ. އޭގެ ބޭނުމަކީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅޭ މައްސަލަތައް އަވަހަށް ނިންމަވައިދެއްވުމަށް ކޯޓުތަކަށް ބާރު އެޅުން ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން