ރައީސް މުއިއްޒު ގައްދޫގެ އަންހެންގެ ތަރައްގީއާ ބެހޭ ކޮމިޓީގެ މެމްބަރުންނާ ބައްދަލު ކުރައްވަނީ--
ރައީސް މުއިއްޒު ގައްދޫގެ އަންހެންގެ ތަރައްގީއާ ބެހޭ ކޮމިޓީގެ މެމްބަރުންނާ ބައްދަލު ކުރައްވަނީ--
ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ގައްދޫއަށް މިއަދު ވަޑައިގަތުމުން އެ ރަށުގެ ކައުންސިލްގެ ރައީސާއި ނާއިބު ރައީސް އެމަނިފާނާއި ބައްދަލުކުރައްވަން ދެކޮޅު ހައްދަވައިފި އެވެ.

ރައީސް ޑރ. މުއިއްޒު މިއަދު އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން އެ ބޭފުޅުން ބައްދަލު ނުކުރެއްވިކަން ވެސްް ފާހަގަ ކުރެއްވި އެވެ. އެ ދެ ބޭފުޅުންގެ ތެރެއިން ކައުންސިލްގެ ރައީސަކީ އެމްޑީޕީ ކައުންސިލަރެކެވެ. އަދި ނާއިބު ރައީސަކީ ޕީޕީއެމްގެ މެންބަރެކެވެ،

އެމަނިކުފާނު ވިދާޅުވީ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގިނަ ކައުންސިލްތަކާ ބައްދަލުވެއްޖެ ކަމަށާއި ނަަމަވެސް ގައްދޫގެ ކައުންސިލުން ފުރިހަމައަށް އެއްބާރުލުން ލިބިވަޑައިނުގެންނެވި ކަމަށެވެ.

އަދި އެހެން ދިމާވުމަކީ ވަރަށް ހިތާމަވެރިކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދުގެ ޖަލްސާގެ އެޖެންޑާގައި ވެސް އެބައޮތް ހަމަ އާދަކާދައިގެ މަތިން ކޮންމެ ރަށެއްގައި ވެސް ކައުންސިލްގެ ރައީސް، ސިޓީޢެއް ވިއްޔާ މޭޔަރު މަރުހަބާ ދަންނަވަން ނުވަތަ ފުރަތަމަ ވާހަކަ ދައްކަވާ ގޮތަށް އެޖެންޑާ ހެދިފައި މި އޮންނަނީ. އަދި ކައުންސިލާ ވާހަކަ ދައްކައިގެން އެޖެންޑާ ފައިނަލް މިކުރަނީވެސް." ރަައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމްޑީޕީއަށް ނިސްބަތްވާ ބޮޑެތި ސިޓީތަކުގެ މޭޔަރުން ވެސް އެމަނިކުފާނާ ބަެއްދަލު ކުރެއްވި ކަމަށެވެ. އަދި އެކަން އޮންނަން ޖެހޭނީ ވެސް އެގޮތަށް ކަމަށެމް ރައީސް ވިދާޅުވިއެވެ. ރައްޔިތުން ވޯޓު ދީގެން ހޮވޭ ބަޔަކު އިސްކުރަންވީ ސިޔާސީ ފިކުރު ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންނަމަވެސް މި ރަށުން މި ފެންނަ މަންޒަރާމެދު ހިތާމަކުރަން. ލާމަރުކަޒީ ނިޒާމެއް ހިންގަންޖެހޭ އުސޫލެއް ނޫން، އެއަށްވުރެ އަޅުގަނޑުމެން ވާންޖެހޭނީ ޒިންމާދާރު ބަޔަކަށް." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން