އަލަށް އިންތިހާބުކުރާ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާނަމަ އިންތިހާބު ފަސްކުރުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ގޮވާލައްވައިފިއެވެ.

ރޯދަ މަހުގެ ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތހާބާ ބެހޭ ގާނޫނަށް ބަދަލު ގެނަސް ފާސްކުރި ބިލު ތަސްދީގުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނޮޅިވަރަމް ދާއިރާގެ މެންބަރު މޮސްޓާ ވިދާޅުވީ، ރޯދަމަހު އިންތިހާބު ބާއްވައިފިނަމަ ގެއްލުންވާނީ ޕީޕިއެމް-ޕީއެންސީގެ މެމްބަރުންނަށް ކަމަށެވެ. އަދި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންވާނަމަ އިންތިހާބު ފަސްކުރަންޖެހޭ ކަމަށް މޮސްޓާ ވިދާޅުވިއެވެ. އެހެންކަމުން އިންތިހާބު ފަސްކުރުމަށް މޮސްޓާ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

"އަަޅުގަނޑުމެން ސަޕޯޓްކުރާ ޕީޕީއެމް ޕީއެންސީ އަށް ބޮޑަށް ގެއްލުންވާނީ، އަޅުގަނޑުމެންގެ ގިނަ މެމްބަރުންނަަށް ވަރިހަމަވާނެ ވޯޓުލައިގެން ކޮންމެ މީހަކު ހޮވުނަސް. އެމްޑީޕީގެ މެމްބަރުން ދާނެ މަރުދަން ޖެހިގެން ވެސް ނުނިދާ ހޭލައި ތިބެގެން ވެސް (ވޯޓުލާން). އެހެންވީމަ މިއުސޫލުން ބަލާއިރު ޕީޕީއެމަށް ބޮޑަށް ގެއްލުންވާނީ މިކަން މިގޮތަށް ކޮށްފިއްޔާ، ސުޕަ މެޖޯރިޓީ ބޭނުންވަންޏާ މި އިންތިހާބު ފަސްކޮށްދެއްވާށޭ، އާދޭހާއެކު އެދެން ރައްޔިތުންނަކަށް ރަމަޝާން މަހަކު ނުވާނެއޭ މިކަމެއް." މޮސްޓާ ވިދާޅުވިއެވެ.

މިހާރު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާގޮތަށް ހަމަޖެހިފައިވަނީ އަންނަ މާރޗު މަހުގެ 17 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެދުވަސް ރޯދަމަހުގެ ދުވަހަކާއި ދިމާވާތީ މަޖިލިހުން މިހާރު ވަނީ ގާނޫނަށް އިސްލާހެއް ގެނެސްފައެވެ.

އެގޮތުން ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން މަޖިލީހުގެ އިންތިޚާބު ބާއްވާ ގޮތަށް އެ ގާނޫނަށް ގެނައި އިސްލާހު މިދިޔަ ފެބްރުއަރީ 11 ވަނަ ދުވަހު ފާސްކޮށްފައިވަނީ 46 މެންބަރުންގެ ވޯޓުންނެވެ. ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ފާސްކޮށް، ބިލު ތަސްދީގުކުރަން ފޮނުވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެކަމަކު، މިހާތަނަށް ރައީސް އެ ބިލް ތަސްދީގުކުރައްވާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން