ބޯންމެރޯ ހަދަން ޒަކާތު ފަންޑުން އެހީ ދިނުމަށް ހެލްތު މިނިސްޓްރީއާއެކު މިއަދު ސޮއިކޮށްފި އެވެ.

އިސްލާމިކް މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި، ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމް އަދި ހެލްތުގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޝިރުނާ އެވެ.



މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ތެލެސީމިއާ 50 ކުދިންގެ ބޯންމެރޯ ހަދަން ކޮންމެ ކުއްޖަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް އެހީދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އަދި މިއެއްބަސްވުމުގެ ދަށުން ޒަކާތު ފަންޑުގެ އެހީގައި ހަރުދަނާގޮތެއްގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ކަންކަން ހަމަޖެހި ކުރިއަށްދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

ފަހުގެ ތަފާސް ހިސާބު ތަކުން ދައްކާގޮތުގައި ރާއްޖޭގައި ތެލެސީމިއާގެ 659 ކުދިން އެބަތިއްބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން