ކ.މާފުށި: އެރަށުން އަންހެނަކާއި ކުޑަކުއްޖަކު ވަނީ ޕޮޒިޓިވްވެފަ
ކ.މާފުށި: އެރަށުން އަންހެނަކާއި ކުޑަކުއްޖަކު ވަނީ ޕޮޒިޓިވްވެފަ
ކ. މާފުށީގައި ހޯމް ކަރަންޓީނުގައި ތިބި އަންހެނަކާއި ކުޑަކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މާފުށީ ކައުންސިލުން ބުނީ އެރަށުން ސާމްޕަލް ނަގާފައިވާ ދެ ފަރާތެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭގައި އަންގާފައިވާ ކަމަށެވެ. އެގޮތުން އަންހެނަކާއި ކުޑަކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އެ ދެ ފަރާތަކީ އެއްވެސް ގުޅުމެއް ނުވާ އަދި ދެ ގެއެއްގައި ތިބި ދެ ފަރާތް ކަމަށްވެސް ކައުންސިލުން ބުނެ އެވެ. އެ އަންހެން މީހާ އާއި ކުޑަކުއްޖާ، މާލެއިން މާފުށްޓަށް ގޮސްފައިވަނީ މީގެ 15 ދުވަސް ކުރިންނެވެ.

ރަށްރަށުގައި ހޯމް ކަރަންޓީން ވެވޭގޮތަށް އެޗްޕީއޭއިން އުސޫލު އެކުލަވާލުމާއެކު މާލެއިން އެކި ރަށްރަށަށް މީހުން ގޮސް އެ ރަށްރަށުގައި ކަރަންޓީން ވާން ވަނީ ފަށާފައެވެ. ކަރަންޓީނު މުއްދަތު ހަމަކޮށް ޓެސްޓް ކުރާއިރު އޭގެ ތެރެއިން ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވްވެއެވެ. އެގޮތުން އިއްޔެ ވ. ފުލިދޫ އިންނާއި ޅ. ހިންނަވަރުންވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ފެނިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން