މާލެއަތޮޅު ފޭދޫފިނޮޅު ކައިރިން މުދާ ބަރުކޮށްގެން ދަތުރުކުރި ދޯންޏަކަށް ދިޔަވާތީ މެރިން ޕޮލިހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މެރިން ޕޮލިހުން މިރޭ ބުނީ، މިރޭ 7:50 އެހާއިރު، ވައިޓް ސަރފަރ ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏަކަށް ވަރަށް ބޮޑަށް ދިޔަވާތީ މެރިން ޕޮލިހުން އެ ސަރަހައްދަށް ގޮސް އެހީތެރިވާން ފަށާފައިވާ ކަމަށެވެ.

އަދި އެ ދޯނީގެ އެއްބައި އަޑިއަށްގޮސް ދޯނީގައިހުރި ބައެއް މުދާތައް ކަނޑަށް ދޫވެފައިވާތީ، ރޭގަނޑު ކަނޑުމަގުން ދަތުރުކުރާ ފަރާތްތަކުން އެ ސަރަހައްދުން ދަތުރު ކުރުމުގައި ސަމާލުވުމަށް ވެސް މެރިން ޕޮލިހުން ވަނީ އެދިފައެވެ.

މި ހާދިސާއާއި ގުޅޭ އިތުރު ތަފުސީލެއް އަދި މެރިން ޕޮލިހުން ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން