މި ސަރުކާރަކީ ހަމައެއް ލަމައެއް ނެތް ސަރުކާރެއް ކަމަށް މި ސަރުކާރާއެކު ކޯލިޝަން ހަދައިގެން އުޅޭ މޯލްޑިވްސް ނެޝެނަލް ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނާއިބު ރައީސް މަގާމު ފުރުއްވަމުން ގެންދަވާ އެގްރިކަލްޗާގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލް ވަނީ މިދިޔަ އަންގާރަ ދުވަހު ސްޓޭޓް މިނިސްޓަރުގެ މަގާމުން ވަކިކޮށްފަ އެވެ.
އެހެންވެ އެ ނިންމުމާ ގުޅިގެން ޝިދާތާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ޝަދީތާ ވިދާޅުވީ ވަކި ކުރި ސްޓޭޓް މިނިސްޓަރ ހުސެއިން އިސްމާއިލަކީ މި ސަރުކާރު ގެންނަން ކެމްޕޭންގައި މަސައްކަތް ކުރުމުގެ އިތުރުން ވަރަށް ހޭދަ ވެސް ކުރެއްވި ބޭފުޅެއް ކަމަށެވެ.
"މިފަދަ ހަމަޔެއް ލަމަޔެއް ނެތް ސަރުކާރެއްގެ ބައިވެރިއެއްގެ ގޮތުގައި ނުހުރެވުނުކަން އެއީ މިއަދު އުފާކުރާ ކަމެއް." ނިމިގެން ދިޔަ ވެރިކަމުގައި ޖެންޑާ މިނިސްޓަރުކަން ވެސް ކުރެއްވި ޝިދާތާ ވިދާޅުވި އެވެ.
ޝިދާތާ އިތުުރަށް ވިދާޅުވީ މިހާރު ކޮންމެ ދުވަހަކު ފެންނަ މަންޒަރަކީ ރައްޔިތުން ސަރުކާރު ގެނައި ވިސްނުމާއި ނުއަތަށް ދަތުރުކުރާ މަންޒަރު ކަމަށެވެ.
"މަޖިލިސް އިންތިޚާބުގެ ވޯޓު ހޯދަން އަންނާނީ ރައްޔިތުންގެ ކައިރިއަށް؟ ނުވަތަ ހަމަ އެކަނި ރައީސް އޮފީހަށް؟: ޝިދާތާ ސުވާލުކުރެއްވި އެވެ.
ހުސެއިން ވަކިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނެވެ. ނަމަވެސް އޭނާ ވަކި ކުރި ސަބަބެއް ދެ ފަރާތުން ވެސް ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު