މި ވެރިކަމުގައި ބަދަލުގެ ގޮތުގައި ދިނީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި އެއީ ރައްޔިތުންގެ ބޮލުގައި އިލްތިޒާމެއް އަޅަން ޖެހިދާނެތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގއ. ވިލިނގިއްޔަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބަދަލު ދިނުމުގެ ނަމުގައި ނިމިގެން ދިޔަ ސަރުކާރުން އެކި މީސް މީހުންނަށް ދައުލަތުގެ ފައިސާ ބަހާލީ ކަމަށެވެ.

އަދި އެކަމަށް ޓަކައި އެއްވެސް އަސާސެއް ނެތް ސެޓެލްމަންޓް ކޮމިޓީއެއް ވެސް ހެދި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު އެ ސެޓެލްމަންޓް ކޮމިޓީ ވެސް އޮންނާނީ އުވާލައިފައި ކަމަށެވެ.

ހަމަ އެހެންމެ މި ސަރުކާރުން އެގޮތަކަށް ބަދަލެއް ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ނިމިދިޔަ ސަރުކާރުގައި ލީގަލީ ކޮންމެހެން ދޭން ޖެހިފައި އޮތް ކުޑަކުޑަ ބަދަލެއް އިހަށް ދުވަހު އަޅުގަނޑުމެން ހަވާލުކުރީ. އެއީ ހަމަ ވަރަށް ކުޑަ ނިސްބަތަކުން. އެއީ ހަމަ ނުދީފިއްޔާ ރައްޔިތުންގެ ބޮލުގައި އަނެއްކާވެސް ބޮޑު އިލްތިޒާމެއް އެޅިދާނެތީ ކުރަން ޖެހުނު ކަމެއް." ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ރައްޔިތުންގެ ފައިސާ އެމަނިކުފާނު އިސްރާފު ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް މިއަދު ވަނީ ދެއްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން