ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީ ކުރެވެމުން ކުދި ރަށްތަކުގެ މީހުން އަމިއްލައަށް އިހުތިޔާރުގައި އެ ސަރަހައްދުތަކަށް ހިޖުރަކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދެކުނުގެ އަތޮޅުތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުުފުޅުގައި ގއ. ވިލިނގިއްޔަށް މިއަދު ވަޑައިގެން ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް އެމަނިކުފާނުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތެއް ކަމަށެވެ.

ހަމަ އެހެންމެ އެންމެ 100 މީހުން އުޅޭ ރަށާއި އަދި 3000 މީހުން އުޅޭ ރަށް ރަށާ ވެސް އެމަނިކުފާނަށް ހަމަހަމަ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރުން މިހާރަށް ކޮންމެ ރަށެއްގައި ބޭނުންވާ ފުޓްސަލް ދަނޑާ ސްކޫލާ ސެންޓަރު ހެދުމާ ބަނދަރު ހެދުން ކުރިއަށް ގެންދާނެ ކަމަށެވެ.

"އެކަން ކުރަމުން ސަރަހައްދުތައް މި އަތޮޅުގައި މިރަށް [ވިލިނގިލި] އެގޮތަށް އެކި ސަރަހައްދުތައް ތަރައްގީ ކުރެވޭނެ. ކުރެވުނީމަ ދުރު ރާސްތާގައި ކުރެވޭ ކަމަކީ މި ދެންނެވި ކުދިކުދި ރަށްރަށުގެ ރައްޔިތުންގެ އަމިއްލަ އިހުތިޔާރުގައި އެތަންތަނަށް ހިޖުރަ ކުރާނެ. ސެޓްލްވާނެ. ސެޓުލްވެ އެއީ އާމްދަނީގެ ގޮތުން ބެއްޔަސް ދެމެހެއްޓެނިވި ދާއިމީ ހައްލަކަށް އެކަން ވާނެތީ. އެއީ ތައުލީމީ ގޮތުން ބެއްޔަސް. ސިއްހީ ގޮތުން ބެއްޔަސް." ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން