ދުއްވާފައި ދިޔަ ޕިކަޕެއްގެ ތެރޭގައި ހުރެ އާންމު އަދަބު އަޚުލާގުން ބޭރު ހުތުރު ވައްތަރު ޖެއްސި މީހާ ހޯދައި ހައްޔަރުކޮށްފި އެވެ.

މާލޭ މަގުމަތީގައި ދުއްވާފައިދިޔަ ޕިކަޕެއްގެ ތެރޭގައި ހުރެ, އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި ފިރިހެނަކު ހޯދަން އާންމުންގެ އެހީއަށް ފުލުހުން އެދުނީ މިއަދު އެވެ.

އޭގެ ފަހުން ފުލުހުން ބުނީ އެ މީހާ މިހާރު ދެނެގަނެވި ހައްޔަރުވެސް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ 28 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެއީ ބިދޭސީއެއް ކަމެއް ނުވަތަ ދިވެއްސެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ހައްޔަރު ކުރި މީހާ ޕިކަޕުގައި ހުރެ ހުތުރު ވައްތަރުތައް ޖައްސާ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލްވެފަ އެވެ.

މީގެ ކުރިން ވެސް އިޖުތިމާއީ މިންގަނޑާ ހިލާފަށް މަގުމަތީގައި އެފަދަ ކަންކަން ކުރުމުގެ މައްސަލަތައް ފެންމަތިވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން