ވިލިމާލެއާދިމާ ކަނޑުމަތިން ދެ ލޯންޗް ޖެހި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ ވިލިމާލެ ވޯޓާ ސްޕޯޓްސްއާ ދިމާލުން ކަނޑުމަތިން ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު މިރޭ 7:48 ހާއިރު ލިބިފައިވާ ކަމަށާއި އެކްސިޑެންޓް ހިނގި ސަރަހައްދުގައި މެރިން ޕޮލިސް ހަރަކާތްތެރި ވަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް ވިލިމާލެ ހޮސްޕިޓަލުގައި ދަނީ ފަރުދާ ދެމުންނެވެ.

ފުލުހުން ބުނީ، މި ހާދިސާގައި އަނިޔާވީ ދެ ފިރިހެނުންނަށް ކަމަށާއި، ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާ ކުރަމުން ދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން