ތެލަސީމިއާ ބައްޔާއި ގުޅުންހުރި އިތުރު ޓެސްޓްތައް އާސަންދަ މެދުވެރިކޮށް ހެދޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ.

އާސަންދަ ކުންފުނިން މިއަދު ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14 ގެ މަގުޗާޓުގައި ހިމެނިފައިވާ، ތެލަސީމިއާ އާއި ގުޅުންހުރި ޓެސްޓްތައް އާސަންދަ މެދުވެރިކޮށް ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ ވައުދުގެ ދަށުން، މިއަދުން ފެށިގެން ތެލަސީމީއާ އާއި ގުޅުންހުރި ޑީއެންއޭ ޓެސްޓާއި އެމްއާރްއައި ޓީ2 ސްޓަރ ޓެސްޓް އާސަންދަ މެދުވެރިކޮށް ހެއްދޭނެ ކަމަށެވެ.

މީގެ ތެރެއިން ޑީއެންއޭ ޓެސްޓް ހެދޭނީ ފެމެލީ ޕްލޭނިންގ ސެންޓަރު (ޝީ) އިން ކަމަށާއި ޓީ2 ސްޓަރ ޓެސްޓް ހެދޭނީ ހުޅުމާލެ ހޮސްޕިޓަލުން ކަމަށް ވެސް އާސަންދައިން ވަނީ ބުނެފައެވެ.

ތެލަސީމިއާއަކީ ރާއްޖޭގައި އެ ބަލީގެ ގިނަބަޔަކު ތިބި ބައްޔެއްކަމަށްވާއިރު، އެ ބަލީގެ މީހުންނަށް ހާއްސަ ސަމާލުކަމެއް ދީގެން މި ސަރުކާރުން ދަނީ ކަންކަން ފަހިކޮށްދެމުންކަން ފާހަގަ ކުރެވެއެވެ. އެގޮތުން، ކޮންމެ އަހަރަކު 10 ކުއްޖަކު ބޯންމެރޯ ހެއްދުމަށް ޒަކާތު ފަންޑުން ހަރަދު ކުރުމަށް އިއްޔެ ވަނީ ނިންމާ އެކަމުގެ ފަހުމުނާމާގައި ސޮއިކޮށްފައިކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން