ވިލިމާލެ ދެ ކަނޑުއޮޅިން ދަތުތުުކުރު ކުރުމަކީ މަނާކަމެއް ކަމަށާއި އަދި އެ ހިސާބުން ދަތުރު ކުރާނަމަ ލައިސަންސް ހިފަހައްޓާނެކަން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ހަނދާންކޮށްދީފި އެވެ.

ވިލިމާލެއާދިމާ ކަނޑުމަތިން ދެ ލޯންޗް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ރޭ ވަނީ ހިނގާފަ އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރާތީ މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅިން ދަތުރުކުރުން ޓްރާންސްޕޯޓް މިނިސްޓްރީން މަނާކޮށްފައިވާ ކަމަށެވެ. އަދި އެ އަމުރާ ޚިލާފުވާ ފަރާތްތަކުގެ ލައިސަންސް ހިފަހައްޓާނެކަމުގެ އިންޒާރުވެސް ދީފައިވާކަން މިނިސްޓަރު ހަނދާންކޮށްދެއްވި އެވެ.

"މިފަދަ ހިތާމަވެރި އަދި ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށް ކަނޑުގައި ދުއްވާ އުޅަނދުތަކުން މި ދެ ކަނޑުއޮޅިން ދަތުރު ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރަމެވެ." މިނިސްޓަރު ވިދާޅުވި އެވެ.

ވިލިމާލެ ވޯޓާ ސްޕޯޓްސްއާ ދިމާލުން ކަނޑުމަތިން ހިނގި އެ ހާދިސާގައި އަނިޔާވި ދެ މީހުންނަށް ވިލިމާލެ ހޮސްޕިޓަލުގައި ދަނީ ފަރުދާ ދެމުންނެވެ. އެއީ ދެ ފިިރިހެނުންކަމަށް ފުލުހުން ބުނެއެވެ،

އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން