ދިވެހީންނަށް ފަސޭހައިން އެމެރިކާއިން ވިސާ ލިބޭނެ ގޮތް ހަދަން މަޝްވަރާކޮށްފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވަނީ މި ވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ އެމެރިކާގެ ޑެޕިއުޓީ ސެކެޓްރީ އޮފް ސްޓޭޓް ރިޗަޑް ވަރުމާއާ ބައްދަލު ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުންވެސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން ވަރަށް ބޮޑަށް ބަދަހިވަމުންދާކަން ފާހަގަ ކުރައްވައިފަ އެވެ.

އޭގެ އިތުރުން ގިނަ ކަންކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އޭގެ ތެރޭގައި ޑިމޮކްރެޓިކް އުސޫލުތަކުގައި ހިފަހެއްޓުމާއި ގާނޫނު ނެގެހެއްޓުމާއި އަދި އިގްތިސާދީ މަންފާ ހޯދުމާއި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުން ހިމެނެ އެެވެ.

އޭގެ އިތުރުން ދިވެހީންނަށް އެމެރިކާއަށް ދިއުމަށް ފަސޭހައިން ވިސާ ލިބޭނެ ގޮތް ހެދުމަށް ވެސް މަޝްވަރާ ކުރި އެވެ.

އެމެރިކާއާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ 1966 ވަނަ އަހަރު އެވެ. އަދި ފަހަކަށް އައިސް ދެ ގައުމުގެ ދެމެދުގައި ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖޭގެ އެމްބަސީއެއް އެމެރިކާގައި ވަނީ ހުޅުވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން